މިދިޔަ އާދީއްތަ ދުވަހުގެރޭ މާފަންނުގެ ގެއަކުން މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލާގައި އެއްވެސް އިހުމާލެއް ފާހަގަ ކުރެވިފައި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

އާދީއްތަ ދުވަހުގެރޭ މާފަންނުގެ ގެއަކުން މަރުވެފައި އޮއްވާ ފެނުނީ އުމުރުން 44 އަހަރުގެ ހއ. ހޯރަފުށި، ޑީންސްވިލާ، ހާޝިމް މުހައްމަދެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ، އާދީއްތަ ދުވަހުގެރޭ 9:03 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ޑޮކްޓަރަކާ ހަވާލާދީ މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން އޭރު ބުނީ، އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ.

އެ ހާދިސާ އިތުރަށް ބެލުމަށްފަހު، ފުލުހުން މިއަދު ބުނީ، މަރުވެފައިވާ ހާޝިމްގެ މަރުގެ ފަހަތުގައި އެއްވެސް ކަހަލަ ޖިނާއީ އަމަލެއް ނުވަތަ އިހުމާލެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

ފުލުހުން ދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.