ވ. ވަށުގިރީގައި، ވަށުގިރި ކުންފުނިން ގަވައިދާ ހިލާފަށް އީއައިއޭ ހަދާފައި އޮތުމުން ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތަކުގެ އީއައިއޭ ރިޕޯޓު ގަވައިދާ ހިލާފަށް ހަދާފައި ވާތީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ގަވައިދުގެ ދަށުން ޖޫރިމަނާ ކުރާ ކަމަށެވެ.

އެގޮތުން، އީޕީއޭއިން ވަނީ ވަށުގިރި ކުންފުނި 593،750ރ. އިން އިއްޔެ ޖޫރިމަނާ ކޮށްފައެވެ.

އަދި އެއް މަސްދުވަހުގެ ތެރޭ މި ފައިސާ އީޕީއޭއަށް ދައްކާ ނިންމުމަށް ވަށުގިރި ކުންފުންޏަށް އަންގާފައި ވާނެ ކަމަށްވެސް އެ އޭޖެންސީން ބުންޏެވެ.