މިސްރުގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު މަރުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މަރުވެފައި ވަނީ ދިވެހި ފިރިހެން ދަރިވަރެއް ކަމަށާއި، އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށެވެ.

ހަމަ އެއާއެކު، އެ ދަރިވަރުގެ އާއިލާއަށް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޮރުކޮށްދެމުން ދާ ކަމަށްވެސް ބުންޏެވެ.

އަދި އަބޫދާބީގައި ހުންނަ ދިވެހި އެމްބަސީން މިސްރުގެ ގާހިރާގައި ތިބި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ގާހިރާގައި ސިވިލް އިންޖިނިއަރިން ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށްވާ އުމުރުން 19 އަހަރުގެ މިންހާޖު އީސާއެވެ.

މިސްރަކީ ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ގައުމެކެވެ.