ފަސޭހަކަމާއެކު 4 ސުކޫލެއްގެ ފީ ދެއްކޭނެ ގޮތް އުރީދޫއިން ހަދައިފިއެވެ.

ކޮންމެ ތާކު، ކޮންމެ ވަގުތެއްގައިވެސް އެމް-ފައިސާ މެދުވެރިކޮށް ފީ ދެއްކޭ ގޮތަށް އުރީދޫއިން ހަމަޖެއްސީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ 4 ސުކޫލެކެވެ. އެއީ ބިލަބޮންގް ހައި، ފިންލެންޑް އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލެވެ.

އެމް-ފައިސާ މެދުވެރިކޮށް ސުކޫލުތަކުގެ ފީ ދައްކާނެ ގޮތުގެ އިރުޝާދު ދެމުން އުރީދޫއިން ބުނީ އުރީދޫ އެޕް މެދުވެރިކޮށް އެމް ފައިސާއަށް ލޮގިންވެ، އެ ކުއްޖަކު ކިޔަވަމުން ދާ ސުކޫލު ހިޔާރުކުރާނީ ކަމަށެވެ. އެޑްމިނިސްޓްރޭޝަން ނަންބަރު އަދި ޕިން ޖެހުމަށް ފަހު، އެންމެ ކުރީގެ ފީ ހިޔާރުކޮށް، އޯޓީޕީ ނަންބަރު ޖެހުމަށް ފަހު ކުރިއަށް ދާނީ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ ޕިން ނަންބަރު ބަދަލު ކުރަން ބޭނުން ނަމަ އައިލެންޑާސް އެޑިއުކޭޝަން އެޕު މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށެވެ.

އުރީދޫއިން ދަނީ އެމް ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ތަފާތު ހިދުމަތްތައް ދެމުންނެވެ.