ކޮވިޑާ ގުޅިގެން ހއ. އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އިހަވަންދޫގައި ކޮވިޑް ފެތުރެމުން ދާތީ ކަރަންޓީން ކޮށްފައިވާ ގެތަކުގެ އަދަދު ވަނީ 29 އަށް އަރާފައެވެ.

އިހަވަންދޫ އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު މި ލިސްޓުގައި މިހާރު ޖުމްލަ 12 ރަށެއް އެބައޮތެވެ.

މިވަގުތު 12 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު އެންމެ ގިނަ ދުވަސްވީ ރަށްތަކަކީ މ. މުލަކެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އޮކްޓޯބަރު 20 ،2021 އެވެ.

ދެން ލިސްޓުގައި ބާކީ އޮތް ރަށްތަކަކީ މިދިޔަ ޑިސެންބަރު މަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާ ރަށްތަކެކެވެ. އެއީ ދ. ކުޑަހުވަދޫ، ނ. ލަންދޫ، ތ. ވިލުފުށި، ގދ. ވާދޫ، ކ. ތުލުސްދޫ، ހދ. ނައިވާދޫ، ދ. ހުޅުދެލި، ގދ. ހޯޑެއްދޫ، ގދ. ގައްދޫ އަދި ކ. މާފުއްޓެވެ.