ކ. ގުޅީފަލު ކައިރިއަށް ބޯވަ ނަގަން މޫދަށް މިއަދު ފޭބި ޒުވާނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ހދ. ކުމުންދޫ، އަރާއިރުގޭ، އުމުރުން 21 އަހަރުގެ ޝުރައިހު ހަސަނެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓުގާޑުގެ ޑައިވަރުންގެ ޓީމަކުން އޭނާ ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެގޮތުން ޑައިވްކޮށްގެން 55،000 އަކަމީޓަރު ބަލާފައިވާ ކަމަށާއި، ސްނޯކަލް ކޮށްގެން 36،000 އަކަމީޓަރު ބަލާފައިވާ ކަމަށެވެ.

ޝުރައިހު ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:58 ހާއިރެވެ. އޭނާ ގެއްލުނު އިރު އެންމެ ފަހުން ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން ބޯވަ ހިފަން ދިޔަ މީހަކު މީގެ ކުރިން އޮޔާ ދަމައިގެންފައިވެއެވެ.