ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކޯޓަށް ހާޒިރު ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންގޮސްފައި ވަނީ ސިވިލް ކޯޓުގެ އަމުރަކަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންގޮސްފައި ވަނީ ގދ. އަތޮޅު ފަޅު ރަށެއްގައި ހުންނަވަނިކޮށެވެ. މީހުން ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެނީ ކޯޓުން އަންގައިގެން ހާޒިރު ނުވުމުންނެވެ. ނުވަތަ ޗިޓް ހަވާލު ނުކުރެވުމުންނެވެ.

އެހެންނަމަވެސް މިފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންދިޔައީ ސިވިލް ކޯޓުގެ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ދޫކޮށްލީ ކޮން ޝަރުތުތަކެއް ކޮށްފައިކަމެއް އަދި ސާފެއް ނުވެއެވެ.

މިކަމާ ގުޅިގެން ޖާބިރުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ދާދިފަހުން ޖާބިރުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެެވެ. އަދި ޖާބިރު ވަނީ ރައްޔިތުން މަޖިލީސްގެ ދޮރުމަތީގައި އިހުތިޖާޖެއްވެސް ކޮށްފައެވެ. އޭގެ ފަހުން ކޯޓު އަމުރަކަށް ޖާބިރުގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.

އއ. މަތިވެރީގައި އަށް ދާދިފަހުން ޖާބިރު ވަޑައިގެން ދުވަހު ޖާބިރުގެ ކާސާ މިއާ ގެސްޓްހައުސްގައި ވަނީ ހަމަނުޖެހުނަތަކެއް ހިންގަވައިގެން އެ މައްސަލަ ހޫނުވެފައެވެ.