މިދިޔަ ހަފްތާގައި މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް ކައުންސިލްގެ ދަށަށް ގެންނަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިޓީ ކައުންސިލުން ވަނީ މިމަހުގެ 8 ގައި ކުއްލި ބައްދަލުވުމެއް ބާއްވައި، އެޗްޑީސީއަށް ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކޮށް ކައުންސިލްގެ ދަށަށް ގެންނަން ފާސްކޮށްފައެވެ. އެއާއެކު އެޗްޑީސީން ވަނީ ކައުންސިލުން ނިންމި އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ދެކޭކަމަށް ބުނެ، އެ މައްސަލަ ކުރިން ހުށަހަޅާފައިވެއެވެ. އަދި ކައުންސިލްގެ އެ ނިންމުމަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދި އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.
މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ، ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ހަރަދާއި ނެގި ލޯނުތަކަށް ޒިންމާވާ ގޮތަށް ކަމަށްވާއިރު، ވަގުތީ އަމުރެއް ނުނެރެދީފި ނަމަ، އިއާދަނުކުރެވޭ ވަރުގެ ގެއްލުން އެ ކޯޕަރޭޝަނަށް ލިބޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ނިމެންދެން ސިޓީ ކައުންސިލްގެ އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީއަށް ލިބިފައިވާ ހައްގަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ހުއްޓުވަން ދައުލަތާއި ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމާއި، މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުނުކުރާ ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމަށްފަހު، އެޗްޑީސީއާ އެކު އުފެދުނު ދެބަސްވުންތަކަކާ ހެދި ރަޖިސްޓްރީ އުވާލި މައްސަލައާ ގުޅިގެން ކައުންސިލްގެ އެ ނިންމުމަށް އަމަލު ނުކުރުމަށް އެލްޖީއޭއިންވެސް ވަނީ އަންގާފައެވެ.
އަސްލު ބާތިލު ކުރަންވީ މާލޭ މުނިސިޕަލްޓީގެ ރަޖިސްޓްރީއެވެ. އެމީހުން ހިތުން މިތަނުގައި މިހާރު ވެރިއެއް ސަރުކާރެއްވެސް ނެތެވެ.
މަމެން ޕިންކީންގެ ވެރިކަމުގައި ހިއްކާ އަދި އާބާދު ކުރި ތަނެކޭ އެއީ ހުޅުމާލެ އަކީ އަދި މިހާރު މާލެ ސިޓީ ކައުންސިލަށް އޮތީ އެއީ މަމެން ޕިންކީންގެ ކައުންސިލެކޭ ތަމެންގެ ކައްޕަޅި ވެރިކަމުން މާލެ ސަރަހައްދުގެ ތަރައްގީ އަށް ބޭއްވި ގަލެއް ވެސް ނޯންނާނެއޭ ދެން ތަމެން ކައްޕަޅިން ޖެހޭތޭ ހުޅުމާލެ އަށް ވެރިވެގަންނަން ނުޖެހޭނެއޭ ތަމެން ކައްޕަޅިން ދެން ރަށަށްދޭބަލަ ރަށަށް ރަށަށްދޭބަލަ...