މިދިޔަ ނޮވެންބަރު މަހު މީރާއަށް 1.24 ބިލިއަން ރުފިޔާ ބަލައިގަންފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 168.4 ޕަސަންޓު އިތުރު އަދަދެއް ކަމަށެވެ. އަދި، ނޮވެންބަރު މަހުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ 51.8 ޕަސަންޓު އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެއެވެ.
މީރާއިން ބުނީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ނޮވެންބަރު މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށެވެ.
މިގޮތުން، އޮކްޓޯބަރު 2020 އާއި އަޅައިބަލާއިރު، އޮކްޓޯބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު 7 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ މިންވަރު ދަށްވެފައި ވުން ކަމަށް މީރާއިން ފާހަގަ ކުރެއެވެ.
މީގެ އިތުރުން، މިއަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައި ވުމަކީ ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ ނޮވެންބަރު މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް ވެސް މީރާއިން ބުނެއެވެ. މި ޕީ ނޮވެންބަރު 2020 ގައި ލިބިފައި ނުވާ ކަމަށް މީރާއިން ބުނެއެވެެ.
މިއަހަރުގެ ނޮވެންބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ ކަމަށާއި އެއީ 62.2 ޕަސަންޓު ނުވަތަ 773.23 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 6.5 ޕަސަންޓު ނުވަތަ 80.99 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ (6.2 ޕަސަންޓު)، ގްރީންޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ (6.1 ޕަސަންޓު)، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 45.28 މިލިއަން ރުފިޔާ (3.6 ޕަސަންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 191.94 މިލިއަން ރުފިޔާ (15.4 ޕަސަންޓު) ލިބިފައިވެއެވެ.
މިއަހަރުގެ ނޮވެންބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުނެއެވެ.
މީރާ އަކީ އެއީ ބީޕީޓީ އަދި ޖީއެސްޓީ ނެގުމުގައި ވަރަށް ބޮޑަށް މަކަރާއި ހީލަތް ހަދާ ނަގަން ޖެހޭ އަދަދަށް ވުރެން އެތައް ގުނައެއް މަތިން ވަކިން ޚާއްސަ ކޮށް މާލޭގައި ހުންނަ ކުދި އަދި މެެދު ފަންތީގެ ވިޔަފާރިތައް ފެލާލާ އެމެންގެ ލޭ ބޮމުންދާ ބަޔެކޭ މީގެ ނަތީޖާ އަކީ މިހާރު މާލޭގެ މަޖީދީމަގުން ފެންނަން ފަށައިފިއޭ އިންޑިއާގެ ކުންފުނި ތަކުން ވިޔަފާރި ކުރަމުން އަންނަ ތަން ދެން މައްޗަށް ދެއަހަރު ދުވަސްވާއިރު ޔަގީނޭ މަޖީދީމަގުގައި ނުހުންނާނެއޭ ދިވެހި ވިޔަފާރި ކުރާ ކުންފުންނެއް މީރާގެ ބަލާއާއި ހެދި އެމެން ބަނގުރޫޓްވީއޭ މީރާ އަކީ ރާްއްޖޭގެ ވިޔަފާރިވެރިންގެ ވިޔަފާރި މަރަން ނިކުމެ އުޅޭ ބައެކޭ