ފޭސް 2 ގަައި "ކޮތަރުކޮށި" ނަމުގައި ރައީސް ޔާމީން ބައިވެރި ވެވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ހިޔާ ޕާކް ސަރަހައްދުގައި ކަމަށެވެ. މިއީ ސިޔާސީ ޕާޓީއަކުން ވެސް ހިޔާ ފްލެޓް ސަރަހައްދުގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.
ޝުޖާއު ވިދާޅުވީ "ކޮތަރު ކޮށި" ނަމުގައި ބާއްވާ އެ ޖަލްސާގައި ރައީސް ޔާމީން ރައްޔިތުންނާ މުހާތަބު ކުރައްވައި އުންމީދީ ވާހަކަފުޅުތަކެއް ދައްކަވާނެ ކަމަށާއި ރައީސް ޔާމީނަށް ތާއީދުކުރައްވައި އެންމެހާ ސަޕޯޓަރުންނަށާއި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް މީގެ ދެ އަހަރު ކުރިން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފީ މަރުހަލާގައި މިދިޔަ ނޮވެންބަރު 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޔާމީން މިނިވަން ކޮށްފައެވެ. އަދި މިހާރު ރ. ފުއްގިރި އަދި ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓު ހިފެއްޓުމުގެ އަމުރަކަށް ކޯޓުގައި އެދިފައެވެ. އެހެންނަމަވެސް ޔާމީންގެ ޕާސްޕޯޓު މުއްދަތް ހަމަވެފައިވާތީ އެ އަމުރެއް ކޯޓުން ނުދިނެވެ.
މިދިޔަ އަންގާރަ ދުވަހު މިނިވަންވެ ވަޑައިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ "މަރުހަބާ ރައީސް ޔާމީން" ގެ ނަމުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ގާތްގަނޑަކަށް ދޮޅު ގަޑިއިރަކަށް ވާހަކަފުޅު ދައްކަވާފައެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އަދީބާއި ޒިޔަތު އަކީ އެއީ ސީދާ ފާސިގުންނޭ އެމެންގެ ހެކިތަކެއް ގަބޫލެއް ނުކުރެވޭނެއޭ މީގެ މިސާލަކީ އެއީ ވައްކަން ކުރި މީހަކު ގާތު ވައްކަން ނުކުރާ މީހަކު ވައްކަން ކުރި ކަމަށް ވައްކަން ކުރި މީހާ އެއްބަސްވާށޭ އޭނާ ގާތު ޕީޖީ ސިއްރު ޑީލެއް ހަދައިގެން ބުނުމުން ވައްކަން ކުރި މީހާ އެއިން ސަލާމަތް ވާން ވައްކަން ނުކުރާ މީހާ އެއީ ވައްކަން ކުރި މީހާ ކަމަށް އެއްބަސްވާނެއޭ މީއޭ މިކަން ހިނގާނެ ގޮތަކީ މިރާއްޖޭގައި މިހާރު ހުރި ޕީޖީ ޝަމީމް ވަނީ ދައުލަތުގެ އަގުވައްޓާލައިފިއޭ އޭނާ އެބަޖެހޭ ބޭރުއަރުވާލަން މުޒާހަރާ ކޮށްގެން ނަމަވެސް ޕީޖީ ނެރެ ބޭރުކުރަންވީއޭ
ފޭސް 2 ގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބާއްވާ ވާހަކަ އަޑުއިވުމުން ކަޅުދަބަހޭ އާއި ރަތްރޮނގޭ އާއި ފިދަނޭ މެން ދެފައިދަނޑިއަށް ރެވިއްޖެއޭ
ކޮތަރު ކޮށި ޖަލްސާ އަށް ހާޒިރުވާން ޖެހޭނެއޭ ކޮތަރު ކޮށި ލިބުނު ހުރިހާ ކުދިންނާއި އަދި މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމްލާ އަދި ފްލެޓްސް ނުލިބިވާ ހުރިހާ ކުދިންވެސް މަމެން ޕިންކީން އޮންނާނީ 2018 ގައި ވައުދުވެފައޭ މާލެ ސަަރަހައްދުން ގޯތި ބޭނުންވާ ކޮންމެ ދިވެހިރައްޔިތަކަށް 1 ހެކްޓަރުގެ ބިން ހިލޭދޭނެ ކަމަށް މިކަމުގެ އުފަލުގައި ޕިންކީން ހުޅުމާލޭގައި ބާއްވާ ޖަލްސާ އަށް ހުރިހާ ކުދިން ވެސް ހާޒިރުވާން ޖެހޭނެއޭ ކުދިންނޭ އައި ގޮޓް ޓު ނޯ ކޮންމެ ކުއްޖަކަށް މާލެ ސަރަހައްދުން ގޯއެްޗެއް ލިބޭނެ ކަމަށް މީ ޔަގީން ކަމެކޭ ކުދިންނޭ މިކަމުގެ އުފަލުގައި ޕާރޓީ ރޮކް ޖައްސަންވީއޭ ކުދިންނޭ ލެޓްސް ގޯ ޕާރޓީ
ހިޔާ ފްލެޓްސް ތައް ގާތު އެ ފްލެޓްސް ތަކުގައި ދިރިއުޅޭ މީހުންނާއި އެކު މަމެން ޕިންކީން ބޮޑު ޖަލްސާ އެއް މަމެންގެ ގަޓް ރައީސްގެ ހާޒިރުގައި ބާއްވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ