ސައުތު ކޮރެއެއާއިން ޓައިވާނަށް އަސްކަރީ ސަބްމެރީން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ރޮއިޓާސްއިން ފެތުރި ހަބަރަކީ ދޮގު ހަބަރެއް ކަމަށް ސައުތު ކޮރެއާއިން ބުނެފިއެވެ.

ޓައިވާންގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި އެގައުމުން އުފައްދަން މަސައްކަތްކުރާ އަށް ސަބްމެރީން އަށް އެންމެ ބޮޑަށް އެހީވަނީ އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ސްޕެއިން އަދި ސައުތު ކޮރެއާ ކަމަށް ރޮއިޓާސްގެ މި ހަބަރުގައި ވަނީ ބުނެފައެވެ.

މިކަން ދޮގުކޮށް ކޮރެއާއިން ބުނީ ޓައިވާނުގެ މި ޕްރޮޖެކްޓަށް އެގައުމުގެ ސަރުކާރުން އެކަމުގައި ޝާމިލުނުވާ ކަމަށާ އަދި އެފަދަ ކަމެއްގައި ސަރުކާރަށް އެނގިގެން އެގައުމުގެ އެއްވެސް ކުންފުންޏަކުން ވެސް ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި އެއްވެސް ބަޔަކު އެކަން ކުރާނަމަ އެބަޔަކާމެދު ފިޔަވަޅު އަޅާނެކަމަށް ވެސް އެގައުމުން ވަނީ ބުނެފައެވެ.

ޓައިވާނާ މެދު ޗައިނާއިން އަބަދު ވެސް ބުނަމުން އަންނަނީ އެއީ އެގައުމުގެ ޕްރޮވިންސެއް ކަމަށެެވެ. އަދި އެއީ މިނިވަން، އަދި ވަކި ދައުލަތެއް ނޫން ކަމަށާ އެފަދަ ކަމެއް ކުރަން ޓައިވާނުން މަސައްކަތް ކުރާނަމަ އަދި އެހެން ގައުމަކުންވިޔަސް ޓައިވާނަކީ ވަކި ދައުލަތަކަށް ހެދުމަށް މަސައްކަތް ކުރާނަމަ ޗައިނާގެ އަސްކަރިއްޔާއިން އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ލޭއޮހޮރުވުމެެއް ނެތި ޓައިވާން އަލުން ޗައިނާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވެސް އެގައުމުން ބުނެއެވެ.

ޗައިނާއިން މިހެން ތަކުރާރުކޮށް ބުނަމުންދާއިރު ޗައިނާއާ ނުހަނު ގާތުގައިވާ ސައުތު ކޮރެއާ ވަނީ ރޮއިޓާސްގެ މި ހަބަރާއެކު ހާސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ސަބަބަކީ މީގެ ސަބަބުން އެދެގައުމުގެ ދެމެދުގައިވާ ގުޅުމަށް ބުރުއަރައިގެން ދާނެތީއެވެ.