ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވެސްޓް އޭޕްރަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި އޭޕްރަންގައި އެންމެ ފުރަތަމަ ޕާކުކޮށްފައި ވަނީ އިންޑިއާ އިން ރާއްޖެއައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން ބުނީ، މި އޭޕްރަންގައި ކޯޑް ސީ މަރުކާގެ ހަ މަތިންދާ ބޯޓާއި ކޯޑް އޭ މަރުކާގެ ދެ ބޯޓު އަދި ކޯޑް ސީ މަރުކާގެ އެއް ބޯޓާއެކު، ޖުމްލަ ނުވަ މަތިންދާ ބޯޓު ޕާކު ކުރެވޭނެ ކަމަށެވެ.

އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީ ކުންފުނިންނެވެ.

މި އޭޕްރަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ގޯދަން އެންޑްރިއު ސްޓެވާޓް އާއި އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މިހާދު އަދި އެއާލައިން އޮޕަރޭޓަރު ކޮމިޓީގެ ޗެއާމަން މަހުޖޫބް އަބްދުﷲ ބައިވެރިވެ ވަޑައިގެންނެނެވިއެވެ.

އެމްއޭސީއެލް އިން ބުނީ މިއަދު ހުޅުވި އާ އޭޕްރަން އާއެކު ދަތުރުތައް ގަޑިއަށް ފެށުމަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ ކަމަށާއި ފްލައިޓް ޑިލޭވެގެން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މިއެޕްރޯން ތަރައްގީކުރުމުގެ މަސައްކަތް ފެށުނީ 2019 ވަނަ އަހަރުއެވެ.