ރ. އަތޮޅުގައި ހިންގަމުން އަންނަ އެމަރަލްޑު މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގައި އުފެދޭ ކުނި ގެންގޮސް ކަނޑަށް އެޅި މައްސަލަ އީޕީއޭއިން ބަލަން ފަށައިފިއެވެ.
އެމަރަލްޑު މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގައި އުފެދޭ ކުނި ކަނޑަށް އެޅި މައްސަލަ ފެންމަތިވެފައި މިވަނީ، އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށްވާ އިގުބާލު ބިލާލް، އެރިސޯޓުން އެޅި ކުނިތައް ކަނޑުން ނަގައިގެން ގެންގޮސް ރިސޯޓުގެ ރިސެޕްޝަނުގައި ބެހެއްޓުމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އެކަމާ އީޕީއޭއިން ބުނީ ގަވައިދާ ހިލާފަށް ރިސޯޓަކުން ކަނޑަށް ކުނި އެޅި މައްސަލަ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ރިސޯޓުގެ ޑައިވަރެއްގެ ވަޒީފާ އަދާ ކުރަމުން ގެންދިޔަ އިގުބާލް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ބުނެފައި ވަނީ ރިސޯޓުގައި އުފެދޭ ހުރިހާ ކުންޏެއް ކަހަލަ ގޮތަކަށް ގޮސް ރިސޯޓުން އަޅާލަނީ ކަނޑަށް ކަމަށާއި އެއީ އެ ރިސޯޓުން ކޮންމެ ދުވަހަކުވެސް އަމަލު ކުރަމުން އަންނަ ގޮތް ކަމަށެވެ.
އިގުބާލު ބުނީ ރިސޯޓުން އުކާލި ބައެއް ކުނި އޭނާއާ އެކުގައި މަސައްކަތް ކުރާ ބައެއް އެހެން މުވައްޒަފުން ވެގެން 20 މީޓަރާއި 25 މީޓަރު އަޑިން ނަގައިފައިވާ ކަމަށެވެ. އަދި އެކުނިތައް ހުރީ ރ. އަތޮޅުގެ ޑައިވް ޕޮއިންޓެއް ކަމަށްވާ "މާފަރު ކޭވް" ނަމަކަށް ކިޔާ ޕޮއިންޓެއްގައި ކަމަށާއި އެ ސަރަހައްދަކީ އެމަރަލްޑް ރިސޯޓުން ފުރައިގެން 10 މިނެޓާއި 15 މިނެޓުން ދެވޭ ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދަށް ދިޔައިރު އެ ޑައިވް ޕޮއިންޓުގެ ފަރުގައި ޕްލާސްޓިކު ކުނި ކޮތަޅުތައް ތާށިވެފައި ހުރި ކަމަށްވެސް އިގުބާލް ފޭސްބުކްގައި ވަނީ ބުނެފައެވެ.
ތިއީ ގިނަ ރިޒޯޓްތަކުގައި ކުރަމުން އަށްނަގޮތް. މާޅެ ވަށާ ތިހިރަ ރިސޯޓް ތައްބަލާބަޅަ ކިހިނެއްތޯ ތިކަންކުރަނީ؟ ކޮއްދިއްޕަރުން މެނޭޖްމެންޓްގަ އަހާލަބަ