ވިލިމާލޭ ބީޗު ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް މީހަކު ގެނބިއްޖެއެވެ.

މި ހާދިސާގައި މޫދަށް އެރި އުޅެނިކޮށް ގެނބިފައިވަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ 39 އަހަރުގެ ނޭޕާލުގެ ފިރިހެން ޑޮކްޓަރެކެވެ.

ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 5:40 ހާއިރު ކަމަށާއި، އެވަގުތު އެ މީހާ ވަނީ ވިލިމާލެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށާއި، އޭނާ ސަލާމަތްކުރީ އެވަގުތު އެ ސަރަހައްދުގައި ހުރި ފުލުހުންގެ އޮފިސަރެއް ކަމަށެވެ.

މީގެ އިތުރުން، އެ މީހާއަށް ފަރުވާ ދިނުމަށްޓަކައި ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވިލިމާލެ ބޯޓު ޔާޑާއި ދިމާލުން ކަނޑުން ނަގައިގެން އެވަގުތު އެތަނަށް އައި ލޯންޗަކަށް އޭނާ އަރުވައިގެން ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.