ކ. ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ބ އަތޮޅަށް ދަތުރުކުރި ބޯޓަކުން 22 އަހަރުގެ ދިވެހި ފިރިހެނަކު ކާށިދޫ ކަނޑަށް ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެހާދިސާ ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.

އިތުރަށް އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކައި އަޅިކުލައިގެ ޓްރެކްޝޫޓެއް ކަމަށެވެ.

ދާދި ދެންމެ މައުލޫމާތު ލިބުނު ގޮތުން، ކަނޑަށް ވެއްޓުނު މީހާ ފަތާފައި ކާށިދުއަށް ވަނީ އަރާފައެވެ.

މި ދުވަސްވަރު މޫސުން ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުން ދާއިރު، ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.