އުސްފަސްގަނޑު ސަރަހައްދުގައި ބޯވަ ނަގަން ގޮސް އުޅުމުގެ ތެރޭގައި އޮޔާ ދިޔަ މީހަކު ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ އުސްފަސްގަނޑު ސަރަހައްދާ ދިމާލުން އޮޔާ ދަނިކޮށް، އޭނާ ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރި ބައެއް ކަމަށެވެ.

މިހާރު އެމީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބުނެވެ.

މީގެ އިތުރުން މިއަދު ހެނދުނު އިއްޒުއްދީން ފާލަން ސަރަހައްދަށް މަސް ބާނަން ދިޔަ މީހަކު ވަނީ ވަޔާއެކު މޫދަށް ވެއްޓި މަރުވެފައެވެ.

މި ހާދިސާގައި މަރުވީ 59 އަހަރުގެ ފިރިހެނެކެވެ.

މި ދުވަސްވަރަކީ ވައިގަދަވެ، މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިންނާއި ސިފައިން އިލްތިމާސް ކުރެއެވެ.