ވަޅޯ މަސް މާރުކޭޓު ސަރަހައްދުގައި ނުވަތަ އިއްޒުއްދީން ފާލަން ސަރަހައްދުގައި މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

މި ހާދިސާގައި ވަޔާއެކު މޫދަށް ވެއްޓި މަރުވެފައިވަނީ 59 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 6:52 ހާއިރު ކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ފަރުވާއަށް ގެންދިޔަ ފަހުން މަރުވިކަމަށް އެ ހޮސްޕިޓަލުން އަންގާފައިވަނީ 7:20 ހާއިރު ކަމަށެވެ.

މި ދުވަސްވަރަކީ ވައިގަދަވެ، މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިންނާއި ސިފައިން އިލްތިމާސް ކުރެއެވެ.