ދެކުނުގެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު މަރުވެއްޖެއެވެ،

މަރުވެފައި އޮއްވާ ފެނިފައި ވަނީ ހުވަދޫ އުތުރުގައި އޮންނަ ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓުގައި މަސައްކަތް ކުރާ 34 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ނޭވާލާން އުނދަގޫވާތީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް މަރުވި ސަބަބު ސާފުވެފައި ނުވި ނަމަވެސް ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 10:15 ހާއިރު ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.