ކ. އަތޮޅުގައި އޮންނަ ސަން ޝިޔާމް އޮޅުވެލި ރިސޯޓުގެ ބޭރުން ލޯންޗެއް އަޑިއަށް ގޮސް ކުޑަކުއްޖެއް ގެއްލިއްޖެއެވެ.

އޮޅުވެލި ރިސޯޓުގެ ބޭރުން އަޑިއަށްދިޔަ އެ ލޯންޗު އަޑިއަށް ދާތީ އެ ލޯންޗުގައި ތިބި މީހުން ވަނީ ކަނޑުވެފައެވެ. އޭގެ ތެރެއިން ހަތަރު އަހަރުގެ ކުޑަ ކުއްޖެއް ވަނީ ގެއްލިފައެވެ.

އެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދިއުމަށް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ވަނީ ދަތުރު ފަށާފައެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗުން ދަތުރު ކުރަމުން ދިޔައީ ދެ ކުޑަކުދިންނާއެކު ޖުމްލަ 12 މީހުން ކަމަށާއި، އޭގެ ތެރެއިން އެއް ކުއްޖަކު ނުފެންނަ ކަމަށެވެ. ނަމަވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

މިއަދުވެސް އެމްޕީއެލްގެ ޕައިލަޓް ބޯޓުގެ ހަލް ފަޅައިގެން ގޮސް ދިޔަވުމުގެ ސަބަބުން، އެ ސަރަހައްދުގައިވެސް އެމްއެންޑީއެފުން ވަނީ ހަރަކާތްތެރި ވެފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.