ދިރާގުގެ މޯބައިލް ކަސްޓަމަރުންގެ ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

ދިރާގުން ބުނީ، ދިރާގު މޯބައިލް ކަސްޓަމަރުންނަށް މީހުންނަށް ގުޅުމުގައި އާ މޯބައިލް ޑޭޓާ ބޭނުން ކުރުމުގައި އަދި އެސްއެމްއެސް ފޮނުވުމުގައި ދަތިތައް ދިމާވެފައިވަ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ދިރާގުން ބުންޏެވެ.

އެ ހިދުމަތަކަށް ބުރޫ އަރާނެތީ، ދިރާގުން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ދިރާގުގެ މޯބައިލް ކަސްޓަމަރުންގެ ހިދުމަތްތަކަށް ބުރޫ އަރައިފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.