ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން އިތުރު ހަރަދަކާ ނުލާ 3 ގުނަ އާ ހަމައަށް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފައި ވަނީ އޮކްޓޫބަރު 31، 2021 ގެ ނިޔަލަށް ކަމަށެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299 ރުފިޔާ އާ 2999 ރުފިޔާގެ ދެމެދުގެ ޕެކޭޖްތައް ހިމެނޭ ކަމަށާ އެ ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަސް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްގެ ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ ޕެކޭޖްގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.