ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ބަޔަކު ރޯކޮށްލަން މަސައްކަތް ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭ ރޯކޮށްލަންް އުޅުފައިވަނީ ރޭގެ ވަގުތެއްގައެވެ. ގޭގެ ދޮރަށް ތެޔޮ އެޅުމަށް ފަހު އަލިފާން ރޯކޮށްލި ނަމަވެސް އެގޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ނުހިނގީ އެވަގުތު ވާރޭ ވެހުމުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، ހިތަދޫ ޝަރަފުއްދީން ސްކޫލް ކައިރީގައި ހުންނަ އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި ބަޔަކު އަލިފާން ރޯކޮށްލަން މަސައްކަތް ކޮށްފައިވާ ކަމުގެ މައުލޫމާތު ބުދަ ދުވަހުގެ ހެނދުނު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވިނަމަވެސް އެގޭގެ މައި ދޮރާ، ކުޑަދޮރުތަކަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަސްލަމްގެ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފައި މިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، އަސްލަމަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން މެންބަރު ނާޒިލް ވަނީ އޭނާގެ ޖިންސީ ގުނަވަނެއް ދައްކާ "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވެފައެވެ.
ނާޒިލް ކަންތައް ކުރެއްވި ގޮތުގެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން)އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ހިނގީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް ވޯޓް ފޮއްޓެއް ކައިރީ، ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުންނެވެ.
ހާދަ އިއްޒަތްތެރި ވެގެންތާ މަޖުލިސްތެރޭގާ އޮރިޔާން ވެވޭނީ، މި އެމްޑީޕީގެ މީހުންނަކީ ވަރަށް ވެސް ގޮތެއްފޮތެއް ނެތް ބައެއްކަން އަމިއްލައަށް މި އަންގައިދެނީ ވެސް، މިހާރުގެ ޑިފެންސުމިނިސްޓަރަކީ ވެސް ގާނޫނުއަސާސީއަށް ފައިންއަރާހުތުރު ބަހުން ހަޅޭއްލަވާ އުޅުނު ކަނބަލެއް.