ކޮވިޑް-19 ގެ ދަތި ދުވަސްވަރު ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި މުދައްރިސުން ވި ގުރުބާނީގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރި އަސަރުތަކުން އަރައިގަތުމުގައި، އަދި ބަލި ޖެހިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް، މުދައްރިސުން ކެނޑިނޭޅި މަސައްކަތް ކުރި ކަމަށެވެ. އެހެންވެ، އެހެން ދާއިރާތަކުގެ މަސައްކަތްތެރިންގެ މަސައްކަތްތައް ފާހަގަ ކުރާ ގޮތަށް، މުދައްރިސުންގެ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ.

"ކޮވިޑްގެ ދަތި ހާލުގަ ބަލިމަޑުކަމުން އަރައިގަތުމުގަ ސިއްރަކީ މުދައްރިސުންކަން، ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވާރާ ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގަ ގެނެސްދިނީ މުދައްރިސުންކަން. ކޮވިޑާ ގުޅިގެން ސިއްހީ ދާއިރާ އާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރިން އިހުތިފާލު ކުރި ގޮތަށް މުދައްރިސުންގެ ރޯލް ފާޙަގަ ކުރުމަކީ ލާޒިމް ކަމެއްކަން."
މިނިސްޓަރު

ކޮވިޑުގެ ދުވަސްވަރު، ދަރިވަރުންނަށް ހަމަޖެހުން ގެނެސްދިނުމުގައި މުދައްރިސުން މުހިންމު ދައުރެއް އަދާ ކުރި ކަމަށާއި، މުދައްރިސުން ވަނީ ދަރިވަރުންގެ ހައްގުގައި ގުރުބާނީތައް ވެފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކޮވިޑުގެ ސަބަބުން އިންޓަނެޓާއި ތަފާތު އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭން ޖެހުނު ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެއާއެކު، އިންޓަނެޓު ބޭނުންކޮށްގެން އޭރު ކިޔަވައިދިން އިރު، ކުރިން ކިޔަވައިދޭ ގޮތަށް ނުކިޔަވައި ދެވޭކަން މުދައްރިސުން ފާހަގަ ކުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން ރޯގާޣެ ދުވަސްވަރު މުދައްރިސުން ކުރި ހިތްވަރަށްޓަކައި ސާބަހުގެ އަތްތިލަބަޑިއަކަށް އަޅުގަނޑު ގޮވާލަން. ޝުކުރިއްޔާ ހުރިހާ މުދައްރިސުން."
މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ، އެހެންކަމުން ކުރިއަށް އޮތީ ދަރިވަރުންނަށް ކުރިން ކިޔަވައިދޭ ގޮތަށް ބަދަލުކުރުން ކަމަށާއި ގެއްލުނު ފިލާވަޅުތައް ހަމަކުރުން ކަމަށެވެ. ނަމަވެސް މިކަމުގައި ގޮންޖެހުންތައް އަދި ކުރިމަތިވި ކަމުގައި ވިޔަސް، މިގޮތަށް ކަންތައްތައް ނުކޮށް ދޫކޮށްލައިފި ނަމަ، ކުރިއަށް އޮތް ޖީލުތަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، މުދައްރިސުންގެ އާ ޖީލެއް އުފެއްދުމަށާއި، ދަރިވަރުންގެ ތައުލީމަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ ކަމެއް ނުކުރުމަށް މިނިސްޓަރު ވަނީ މުދައްރިސުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިނިސްޓަރު ވަނީ މުދައްރިސުންގެ މަސައްކަތްތައް ފާހަގަ ކުރައްވާ، ޝުކުރު އަދާ ކުރައްވާފައެވެ.