އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތައް އިތުރުކޮށް، މުޅިން އާ ޕްލޭތަކެއް ތައާރަފްކުރުމާއެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އުރީދޫން ބުނީ އެ ބަދަލުތަކާއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއިއެކު ހެޔޮ އަގުގައި މުޅިން އާ ޕެކޭޖްތަކެއް ތައާރަފް ކުރެވިފައިވާ ކަމަށެވެ. އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކަށް 25 ޕަސެންޓް އިތުރު ޑޭޓާ އާއެކު، ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި 80 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ޕްރިޕެއިޑް ޕްލޭންތަކަށް 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ

އުރޫދޫން ބުނީ ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް އާ ހެޔޮ ބަދަލާއެކު 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު 38 ޕަސެންޓާ ހަމައަށް އަށް ޑޭޓާގެ އަގުވެސް ތިރިކޮށްފައިވާ ކަމަށެވެ. އެ ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ގެންގުޅޭ ފަރާތްތަކަށް ޑިޖިޓަލް ހިދުމަތްތައް ބޭނުންކޮށް އިންޓަނެޓްގެ ފުރިހަމަ ބޭނުން ހިފުމަށް އިތުރަށް މަގު ފަހިވާނެ ކަމަށް އުރީދޫން ބުނެއެވެ.

30 ޕަސެންޓް އިތުރު ޑޭޓާއާއެކު މުޅިން އާ ޕޯސްޓްޕެއިޑް ޕްލޭންތަކެއް

  • 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު އާ ޕްލޭންތަކެއް ތަޢާރަފްކުރެވިފައިވީއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ތިރިވެ ކުރިއަށްވުރެ ގިނަ ކަންކަން ހެޔޮ އަގުގައި ކުރެވިގެންދާނެ.
  • ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބާ، ޓުވިޓާ، ވަޓްސަޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކޮށްލުމަށް ހާއްސަ ޑޭޓާ އެލަވަންސްއެއް ލިބިގެންދާނެ.
  • ނެޓުހެޔޮ ޕޯސްޓްޕެއިޑް 600 އާ މަތީގެ ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތާއެކު، ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ރެގިއުލާ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ.

މިއަދު ތައާރަފްކުރި އާ ޕްލޭންތައް އުރީދޫ ސެލްފްކެއާ އެޕް، އުރީދޫ އެޕް މެދުވެރިކޮށް ނެގޭނެ ކަމަށް އުރީދޫން ބުނެއެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓް އިތުރު ޑޭޓާ އަދި އިތުރު 80 ޕަސެންޓް ބޯނަސް ޑޭޓާ

  • 25 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއެކު ފަސޭހަ ހޯމްބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 20 ޕަސަންޓާ ހަމައަށް ޑޭޓާގެ އަގު ތިރިވެގެންދާނެ. މިބަދަލާއެކު ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރު ވަމުން އަންނަ އިންޓާނެޓްގެ ބޭނުންތައް ހެޔޮ އަގުގައި ފުއްދާލެވޭނެ.
  • ހާއްސަ އޮފާއެއްގެ ދަށުން 2021 ގެ ނިޔަލަށް 80 ޕަސަންޓާ ހަމައަށް އިތުރު ބޯނަސްޑޭޓާ ލިބިގެންދާނެ.
  • ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ އެންމެހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތްވެސް ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ހިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހު ވެސް ބޭނުންކުރެވޭނެއެވެ.

އުރީދޫން ބުނީ ފަސޭހަ ހޯމްބްރޯޑްބޭންޑް ނަންގަވާ ފަރާތްތަކަށް އިތުރަށް މަޑުކުރަންނުޖެހި، ރައުޓާ ގުޅާލުމުން ވަގުތުން ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލަން ފަސޭހަ ރައުޓަރަކާއެކު ފަސޭހަ ހޯމްބްރޯޑްބޭންޑްގެ ހިދުމަތަކީ، ގެއިން މަސައްކަތްކުރާ މީހުންނަށާ ކިޔަވާ ދަރިވަރުންނަށް ފަސޭހަ ހިދުމަތެއްކަން ވެސް އުރީދޫން ފާހަގަކުރެއެވެ. މީގެ އިތުރުން ފަސޭހަ ސެލްފްކެއާ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ބެލަންސް ބަލާލާ، ޕެކޭޖް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓާނެޓްގެ ހިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އުރީދޫ އަރުވައެވެ.

މިއަދު މޮބައިލް އަދި މޮބައިލް ބްރޯޑްބޭންޑްއަށް ގެނެވުނު ހެޔޮ ބަދަލާއިއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާ ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ މިއަދު ތައާރަފް ކުރި އާ ޕެކޭޖްތައް މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.