ޗައިނާގެ އުތުރުގައިވާ ސިޓީއެއް ކަމަށްވާ ހާބިންގައި ކޮވިޑް-19 ޖެހުނު ބުޅާތަކެއް މަރާލައިފިއެވެ.

އިންސާނުންގެ ފަރާތުން ޖަނަވާރުތަކަށް ބަލި ފެތުރުމުގެ މަދު ކޭސްތަކެއް ދުނިޔޭގެ އެކި ހިސާބުތަކުން ފާހަގަ ކުރެވިފައި ވާއިރު އެ ސިޓީން މި ބުޅާތަކަށް ބަލި ޖެހިފައިވަނީ އެ ބުޅާތައް ގެންގުޅު މީހުންގެ ތެރެއިން މީހެއްގެ ފަރާތުން ކަމަށް އެ ސިޓީގެ ވެރިން ވަނީ ބުނެފައެވެ.

އެ މީހުންނާ ހަވާލާދީ ޗައިނާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އޮޅުކޮށްގެން އެގައުމުގެ ބަޔަކު ގެންގުޅެމުން އައި މި ބުޅާތައް މަރާލާފައި ވަނީ ދޭނެ އިތުރު ފަރުވާއެއް ނެތުމުގެ އިތުރުން އެ ބުޅާތަކުގެ ފަރާތުން އިންސާނުންނަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުމުންނެވެ.

ޕޮޒިޓިވް ވެފައިވާ މީހުން، ބުޅާ ގެންގުޅޭނަމަ، އެ ބުޅަލުގައި އޮޅުލާ، އަތްލާ ނުހެދުމަށާ، ބުޅަލާ ދުރުގައި އުޅުމަށް އިނގިރޭސިވިލާތުން ވެސް ވަނީ މީގެ ކުރިން އަންގާފައެވެ.

ބުޅަލުގެ ޒަރިއްޔާއިން އިންސާނުންނަށް ވައިރަސް ފޯރި ކަމުގެ ހެއްކެއް އަދި ލިބިފައެއް ނެތެވެ.