އައްޑޫ ސިޓީގައި އިއްޔެ 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ އެކަނިވެސް އެ ސިޓީން 24 މީހަކު ވަނީ އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެ ތެރެއިން 13 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. ފޭދޫއިން 9 ކޭސްފެނުނުއިރު މަރަދޫ އިން 2 ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 222 އަށް އަރާފައެވެ. އެގޮތުން އެކްޓިވް ކޭސްތައް އެންމެ ގިނައީ މަަރަދޫގަ އެވެ. އެއީ 97 އެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 5 ކޭސް، ފޭދޫގައި އެކްޓިވް 58 ކޭސް، ހިތަދޫގައި 56 މީދޫގައި 3 ކޭސް އަދި ހުޅުދޫގައި 2 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑު ޖެހިގެން އައްޑޫން ހަތަރު މީހަކު ވަނީ މަރުވެފައިވެއެވެ.