އޭ ލެވެލްގައި ހަދާ އެންމެ ފުރަތަމަ އިމްތިހާނު، އެޑެކްސެލްގެ އޭ އެސް އިމްތިހާނު އަންނަ އަހަރުގެ އޮކްޓޯބަރަށް ފަސްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ މެއި ޖޫން ގައި އޭއެސް އިމްތިހާނު ބާއްވާށެވެ. އެހެންނަމަވެސް އަންނަ މަހުގެ 26 ގައި ގްރޭޑު 11 ފަށައި، މެއި މަހު އިމްތިހާނު ހެދުމަށް ދަރިވަރުންނަށް ފުރިހަމައަށް ތައްޔާރު ނުވެވޭނެ ކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާތީ މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އެހެންކަމުން އޭ އެސް އިމްތިހާނު ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށް ފަސްކޮށްފައެވެ.

އަހަރެއްގެ ތެރޭގައި މާއްދާއެއް 180 ގަޑިއިރު ވަންދެން ކިޔަވައިދިނުމަށް އެޑެކްސެލް ރިކޮމެންޑު ކުރާއިރު މިނިސްޓްރީން އެންމެ ފުރަތަމަ ހަމަޖެއްސި ގޮތުން 100 ގަޑިއިރު ވެސް ހަމަނުވެއެވެ.