ށ. ފޭދޫގެ ކުރީގެ ސްކޫލް ކްލާސްރޫމް ބްލޮކެއްގައި ރޯވެ އަނދައިފިއެވެ.

މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ ރޭ 22:47 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން ހަރަކާތެރިވެ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައި ވަނީ ރޭ ދަންވަރު 00:39 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި ފޭދޫ ކުރީގެ ސުކޫލްގެ 3 ކްލާސްރޫމެއް ވަނީ ވަރަށް ބޮޑަށް އަދާފައި ކަމަށާ ނަމަވެސް އެއްވެސް ފަރާތަކަށް ގެއްލުން ނުވާކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ށ. ފޭދޫ ކުރީގެ ސްކޫލް ކުލާސްރޫް ބްލޮކެއްގައި ރޯވެ އަނދަނީ / ފޮޓޯ: އެމްއެންޑީއެފް

ރޭ ސ. ހުޅުދޫގެ ފަޅުގެއެއްގައި ހުރި ކުނިތަކެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. މި އަލިފާން ވެސް ރޭ އެމްއެންޑީއެފް ސ. ހުޅުމީދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ 21:03 ހާއިރުކަމަށް އެމްއެންޑީއެފް އިން މައުލޫމާޓު ދެއެވެ.

އިއްޔެ ރާއްޖޭގެ 3 ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މާލޭ ހެންވޭރުގައި ހުރި ވޯކްށޮޕެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ހ. އެރޯމާގޭގެ ތިރީގައި ހުންނަ ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ 15:48 ހާއިރުއެވެ.

މިހާދިސގައި ވެސް އެއްވެސް ފަރާތަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.