ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެދިވަޑައިގަންނަވަނީ އިންޑިއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވުމަށެވެ.
އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެދިވަޑައިގަންނަވަނީ އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާއި އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި ގަދަރު ދުވަހުން ދުވަހަކަށް ވަރުގަދަ ވެެގެން ދިއުން ކަމަށެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޑިފެންސް މިނިސްޓްރީ އިން ވެސް ވަނީ އިންޑިއާއަށް ކިޔާފައެވެ. ޑިފެންސް މިނިސްޓްރީ އިން ބުނީ އެދެނީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން އަދި އަވައްޓެރި އެކުވެރިކަން އަބަދުވެސް ތާޒާކަން މަތީ ދެމި އޮތުން ކަމަށެވެ.
ރައީސް ސޯލިހު ވެސް ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ސަގާފަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކަން ލިބުމުގެ މުނާސަބާއާ ގުޅުވައިގެންނެވެ. ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ދަނީ އިންޑިއާގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ.
މިއަށް ވުރެ ބޮޑައް ގުޅުން ބަދަހި ކުރަންޏާ ޖެހޭނި އިނޑިޔާގެ އަޑިޔައް ރާއްޖެ ވައްދަން
ނަސީބެއްނު މިތަން ހިފަން އެދިވަޑައިނުގެންނެވިކަން