އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 3 ރަށެއްގެ ބައި-އިލެކްޝަންގައި ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 14 އޮގަސްޓު ނިޔަލަށް ހުޅުވާލައިފާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ ސެޕްޓެމްބަރު 11 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައި އިލެކްޝަން އަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާތީ ހދ. ނޭކުރެންދޫ، ރ. މަޑުއްވަރީ އަދި ނ. ކެނދިކުޅުދޫގައި ބާއްވާ އިންތިހާބެއް ކަމަށެވެ.

އޮގަސްޓް 7 ،2021 ގައި ހދ. ނޮޅިވަރަން، ނ. މަގޫދޫ، ނ. ކެނދިކުޅުދޫ، ކ. ދިއްފުށި އަދި އއ. ފެރިދޫ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަން ވަނީ ހަމަޖެހިފައެވެ.

އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި އޮންލައިންކޮން ރަޖިސްޓަރީ ވުމުގެ ފުރުސަތު މިމަހުގެ 22 އިން 26 ހުޅުވާލި އިރު ރަޖިސްޓްރީ ވީ 30 މީހުން ކަމަށް އީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކޮށްފައި ކަމަށާއި އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފައި ކަމަށް އިލެކްޝަންއިން މީގެ ކުރިން ވަނީ ބުނެއެވެ.

މިއީ އެ ކޮމިޝަނުން ކުރިއަށް އޮތް އިންތިހާބު ތަކުގައިވެސް އޮންލައިންކޮށް، ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ފުރަތަމަ ތަޖުރިބާ ކަމަށް އިލެކްޝަނުން ބުނެއެވެ.