ޓޯކިޔޯ އޮލިމްޕިކްސް 2020 މިހާރު ފަށާފައިވާ އިރު، މި މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ބެލޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

އެ ގޮތުން ސޮނީ ސިކްސް، ސޮނީ ޓެން 2 އެޗް.ޑީ އަދި ޔޭސް ޓީވީ މެދުވެރިކޮށް އޮލިމްޕިކްސްގެ ހުރިހާ ގޭމެއް ބެލޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތް ފަށާފައިވަނީ ކޮވިޑް 19 އާ ގުޅިގެން އެއް އަހަރަށް ފަހުގައެވެ.

ދިރާގުން ބުނީ މިއަހަރުގެ މި ޝަރަފުވެރި މުބާރާތުގައި ރާއްޖޭގެ 4 އެތްލީޓުން ވާދަކުރާއިރު ދިރާގު ބްރޭންޑް އެމްބެސެޑާ އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދު ހިމެނޭ ކަމަށެވެ. ދިރާގުން ވަނީ ސާއިދާއި ދިވެހި އެލްތީޓުންނަށް ސޯޝަލް މީޑިއާގައި ކާމިޔާބީ ހޯދުމަށް ހިތްވަރު ދީފައިއެވެ.

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމެނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް “ހައި ޑެފިނީޝަން (އެޗްޑީ)” ކޮލިޓީގައި އެއް-ޑިވައިސް އަށްވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސާ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލާލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް އޮލިމްޕިކްގެ ގޭމްތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޖީއެސްޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކާއި މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެއެވެ. އަދި ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެ އެވެ.

ދިރާގުން ބުނީ އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފާތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ.