ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަހެއް އަދި ނުލިބޭކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ ނަޝީދު އަވަހާ ރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން ރޭ ބޭއްވި ޕްރެސް ބްރީފިންގައެވެ.
ފުލުހުން ނަޝީދުގެ ބަހެއް ނުވަތަ ބަޔާނެއް ހޯދަން މަސައްކަތް ކުރާކަން ހާމަ ކޮށްފައި ނުވާ އިރު މެއި 6 ގެ ހަމަލާއާ ގުޅިގެން ވަށައިގެން ހުރި ގިނަ ކަންކަން ވަަނީ ހޯދާފައެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް 840 އަށް ވުރެ ގިނަ ތަންތަން ބަލައި، 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލު ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި 10 މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން މިހާރުވެސް ޕޮލިހުންގެ ބަންދުގައި 6 މީހަކު ތިބިކަމަށް ވަނީ ބުނެފައެވެ. އަދި 4 މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވާ ކަމަށައި، އެ 4 މީހުން ތިބީ ޝަތީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށްވެސް ބުނެއެވެ.
މެއި 6 ގެ ހަމަލާއާ ގުޅިގެން ރޭ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ހަމަލާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އަދިވެސް ބަލަމުން ދާ ކަމަށާއި ތަހުގީގު ނުނިމޭ ކަމަށެވެ.
މެއި 6 ގައި ހަމަލާ ދިން މީހުން، ނަޝީދު އަވަހާރަ ކޮށްލަން 3 ފަހަރެއްގެ މަތިން މަސައްކަތް ކުރި ކަމަށް ރޭ ފުލުހުން ހާމަ ކުރި އިރު، އެ 3 ފަހަރުވެސް ހަމަލާދޭން ރޭވީ އައިއީޑީއެއް ގޮއްވާލައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ހާލަތާއި ވަގުތު ތަން ނުދިނުމުގެ ސަބަބުން އެކަން ނުކުރެވި ދިޔައީ ކަމަށާއި މެއި 6 ގައި ހަމަލާ ދިނީ ދުރާލާ ރާވައިގެން ކަމަށެވެ.
ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
އެެރުނޑި އަމިއްލަ އަށް ކޮއްގެން އުޅޭކަމެކޯ ތިރިއަށް ޖަހާށޭ ބުނީމަ އޮޅިގެން މައްޗަށޯ ޖެހުނީ