ރާއްޖޭގައި ހަދާ ފުރަތަމަ ސެޓެލައިޓް ސްކޫލް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރަނީ ވ. ރަކީދޫ އަދި ވ. ތިނަދޫ ސްކޫލް އެވެ.
ވ. ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރަކީދޫ ސްކޫލުގެ ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ 2.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.
ވ. ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިލްވާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ތިނަދޫ ސްކޫލުގެ ތަރައްގީ ކުރުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 1.3 މިލިއަން ރުފިޔާއަށް ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ ދެ ރަށުގެ ސުކޫލު ތަރައްގީ ކުރުމުގެ މަޝްރޫއު ކުންފުނިތަކާ ހަވާލުކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.