މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް މެދުން ބިންދައިގެން ގޮސްގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބިންދައިގެން ގޮސްފައިވަނީ ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް ބޭރުން 25 މީހުންނާއެކު މަސްވެރިކަން ކުރަމުންދިޔަ "މޮހިރި" ނަމަކަށް ކިޔާ ފައިބަރު ދޯންޏެކެވެ،

އަދި އެ ދޯނި ބިންދައިގެން ދިޔައީ މޫސުން ގޯސްވުމުގެ ސަބަބުން މެދުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާރު އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮސްޓްގާޑް ސްކޮޑަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:11 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގައި ތިބި މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައޫލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.