އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮ ކުރަން ނިންމާފައިވާތީ، ދިރާގުން ހޯމް ފައިބަ ބްރޯޑްބޭންޑް ޕްކޭޖް ތަކަށް ބޮޑެތި ބަދަލު ތަކެއް ގެނެސް އަގު ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ
ދިރާގުން މިގެނައި ބަދަލާއެކު ސަރުކާރުން އިއުލާން ކުރި އިންޓަނެޓުގެ ތިން ޕެކޭޖު ވަނީ އެ ކުންފުނީގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާފަ އެވެ. އަދި އިތުރު ޑޭޓާ އާއި އެލަވަންސް ވަނީ ދީފައެވެ.
މި ބަދަލާ އެކު، ސަރުކާރުން އިއުލާން ކުރި ތިން ޕެކޭޖް ފައިބަ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނުމުގެ އިތުރުން އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ "ސްޕީޑް އަފްޓަ އެލަވަންސް" 300ރ. އަށް ވުރެ ދަށް ޕެކޭޖްގެ ދެ އެމްބީޕީއެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި ފަސް އެމްބީޕީއެސް އަށް ވަނީ އިތުރުކޮށްފައެވެ. މިއާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތާއެކު، ހޯމް އިންޓަނެޓް ޕްކޭޖްތަކަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި މި ގެނައި ބަދަލާ އެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތަކެއް އިންޓަނެޓު މެދުވެރިކޮށް ކުރެވޭނެއެވެ. އެޮތުން މިހާރު ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖްތަކުން ލިބޭނެއެވެ. އެހެންކަމުން ޑޭޓާގެ އަގުތައް މިހާރު ވަނީ 50 ޕަސެންޓާ ހެޔޮވެފައި ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މި ބަދަލު އެ ކުންފުނީގެ މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށެވެ. އެހެންކަމުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކަރ" އިން ބައްލަވާލެވޭނެއެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓާ މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ. ދިރާގުގެ މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަގޯންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.