ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުގެ މަޝްރޫއުގެ 89 ޕަސެންޓު މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.

45.1 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓިސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ 89 ޕަސަންޓު މަސައްކަތް ނިމިފައިވާއިރު މިހާރު ކުރަމުންދާ މަސައްކަތަކީ ކަނެކްޓިން ބްރިޖް ގައި ސްލެބް އެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފެހެންދޫގެ 18,500 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރެވިފައި ވެއެވެ. އަދި ނެރަށް ވަންނަ ސަރަޙައްދުގެ 25,000 ކިއުބިކް މީޓަރު ފުންކުރުމުގެ މަސައްކަތާ 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާ 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތާ އަދި 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މީގެ އިތުރުނން މަގުބައްތިއާ ނެރުބައްތި ހަރުކުރުމާ، 2 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫއުގެތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.