ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކޮށްލައިގެން މިރޭ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލްއާއި ޖަރުމަނު ވާދަކުރާ މެޗަށް 50 ޕަސެންޓު ިތހުރު ޑޭޓާ ލިބޭނެ ޕްލޭނެއް ދިރާގުން ތައާރަފްކޮށްފިއެވެ.

ޔޫރޯ 2020 މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންއެއް އެކްޓިވޭޓްކޮށްލައިގެން 50 ޕަސެންޓު އިތުރު ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިގެންދާއިރު ޕޯޗުގަލް އާއި ޖާމަނީ މިރޭ ވާދަކުރާ ފޯރިގަދަ މެޗު ބަލާލުމަށް މިއީ ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ދިރާގުން ބުނީ ޔޫރޯގެ މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްގެން ބަލާލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށްފަހު "ސްޓްރީމިން ޕާކް" ހިޔާރުކޮށްލައިގެން 1 ޖީބީ ހިލޭ ޑޭޓާ ސްޓްރީމް ކޮށްލަން ދިރާގު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް މޯބައިލްފޯނު ފަދަ ޑިވައިސްތަކުން މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލައިލެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސް. އެމް. އެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން، އިތުރު ހިލޭ "ޕާކްސް" ވެސް ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ހިލޭ ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް ގަންނަން ނުޖެހި އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލެވޭނެއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250 ރުފިޔާ އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވާނެއެވެ.