ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުގެ ހިޔާލު ހޯދުމަށް އަދާލަތު ޕާޓީން ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.
އަދާލަތުޕާޓީން ބުނީ ޕޯޓަލްއެއް ތައާރަފްކޮށްފައިވަނީ އެ ޕާޓީގެ މެންބަރުން އަދި ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ނަފްރަތުގެ ބިލަށް ހިޔާލު ހުށައެޅުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ހިޔާލު ހުށައެޅުއްވުމަށް "ނަފްރަތް ޑޮޓް ކޮމް" ގެ ނަމުގައި ހުޅުވާފައިވާ މި ޕޯޓަލް އަށް ޒިޔާރަތް ކުރުމަށް އަދާލަތުން ވަނީ އެދިފައެވެ.
މި ޕޯޓަލް މެދުވެރިކޮށް ފޮނުވާ ހިޔާލު ސީދާ ދާނީ ރައްޔިތުން މަޖިލީހުގެ އިއުލާން ނަންބަރު 57-F/IU/2021/27 ގައި ބަޔާންކޮށްފައިވާ މެއިލްއަށް ކަމަށާ މި ޕޯޓަލްގެ ބޭނުން އެންމެހާ ރައްޔިތުން ކުރުމަށް އަދާލަތުން ވަނީ އެދެފައެެވެ.
ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެބިލް ފާސްކުރަން ނުފެނެ
އެބިލްފާާސްކުރަން ނުފެނޭ