މާލޭގެ ގެއެއްގެ ތިންވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށެވެ.

ވެއްޓިފައިވަނީ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 12:39 ހާއިރު ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާ އެ އިމާރާތުން ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ ވެއްޓިފައިވަނީ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށެވެ.