ލާމަރުކަޒުކޮށް ފުލުހުންގެ ހިދުމަތް ދޭން ރާއްޖެ 6 ސަރަހައްދަކަށް ބަހާލައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން، ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށްޓަކާ، ދިވެހި ފުލުހުންގެ ހިދުމަތް އިދާރީ ގޮތުން އިންތިޒާމު ކޮށްފައިިވާގޮތް، ކޮމިޝަނާ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން މިއަދު މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދު ހިމެނޭގޮތުން ދިވެހި ފުލުހުން މުޅިރާއްޖޭގައި އިންތިޒާމުވެގެންވާ 6 ސަރަހައްދު ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ސަރަހައްދު ތަކަކީ:

  • ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަހައްދު) ހެޑްކުއާޓާޒް މާލެ
  • އަޕާ ނޯތް ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު) ރީޖަނަލް ހެޑްކުއާޓާޒް
  • ހދ. ކުޅުދުއްފުށި ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު) ރީޖަނަލް ހެޑްކުއާޓާޒް
  • ރ. އުނގޫފާރު ނޯތް ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދު) ރީޖަނަލް ހެޑްކުއާޓާޒް
  • އއ ރަސްދޫސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދު) ރީޖަނަލް ހެޑްކުއާޓާޒް ލ. ގަން، ސަބް ރީޖަނަލް ހެޑްކުއާޓާޒް
  • ދ. ކުޑަހުވަދޫސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭ ސަރަހައްދު) ރީޖަނަލް ހެޑްކުއާޓާޒް އައްޑޫ ސިޓީ، ސަބް ރީޖަނަލް ހެޑްކުއާޓާޒް ގދ. ތިނަދޫ

ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކުރީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މާޗު މަހުގެ ފަހުކޮޅުއެވެ.

ގާނޫނަށް އަމަލު ކުރަން ފަށާފައި މިވަނީ ގާނޫނު ތަސްދީގު ކުރިތާ ތިން މަސް ފަހުންނެވެ.