އިލެކްޝަން ކޮމިޝަން ( އީސީ)ގެ ރައީސް އަހްމަދު ޝަރީފް އިސްތިއުފާ ދެއްވައިފިއެވެ.

ޝަރީފް އެކަން ހާމަކުރައްވާފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ.

އެގޮތުން ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަވަނީ މިއަދު ކަމަށެވެ.

ޝަރީފު ވިދާޅުވީ ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރި، އަމާނާތްތެރި ކަމާއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަ ޖެހުން ލިބުނު ކަމަށެވެ.

އަދި ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް އީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.