ދިރާގު އަމިއްލަ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" އެޑްއޮން އެކްޓިވޭޓް ކޮށްލައިގެން ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލައިލެވޭނެ ގޮތް ދިރާގުން ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ މިހާރު ކުރިއަށްދާ ޔޫރޯ 2020 ގެ ފޯރިގަދަ މުބާރާތް ފަސޭހަކަމާއެކު "ދިރާގު އަމިއްލަ ޕޯސްޕެއިޑް" ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" އެޑްއޮން އެކްޓިވޭޓް ކޮށްލައިގެން ބަލާލެވޭނެކަމަށެވެ.

މި ޕްލޭންއަކީ މިއަހަރުގެ ކުރީކޮޅު ދިރާގުން ތައާރަފުކުރި ޕްލޭންއެކެވެ. މި ޕްލޭން ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެފަދަ ގޮތަކަށެވެ.

ދިރާގު "އަމިއްލަ ޕޯސްޓްޕެއިޑް" މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާގޮތައް ސެޓްލް ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ދިރާގުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކޮށްލެވޭނެއެވެ.

މި ވެލިއު ޕެކް ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކް ހިމެނޭނެކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ހިމެނިގެންދާނެއެވެ.

އަމިއްލަ ޕޯސްޓްޕެއިޑްގެ ޕްރޮމޮޝަނަލް އޮފަރ އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް ބޭނުންވާނަމަ މި ލިންކަށް ވަނުމުން އެ މައުލޫމާތެއް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.