ކުއްލި ހާލަތުގައި ގުޅާނެ އިމަޖެންސީ މެޑިކަލް ސާވިސް އުފައްދާ، ހިދުމަތް ދޭން ފަށައިފިއެވެ.

އެކަން ހާމަކުރީ އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން މެޑިކަލް ސާވިސް އުފައްދާފައި ވަނީ ހެލްތާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައި ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްއީއޯސީން ބުނީ މި ވަގުތު އިމަޖަންސީ މެޑިކަލް ސާވިސް އިން ހިދުމަތް ދޭނީ ގުރޭޓާ މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ އެކްޓިވް ކޭސްތަކުގެ ތެރެއިން އިމަޖަންސީ ކޭސްތަކަށް ކަމަށެވެ.

އެމަޖެންސީ މެޑިކަލް ސާވިސްއަށް ގުޅޭނެ ނަންބަރަކީ 100 ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްއީއޯސީން ވަނީ އިމާޖަންސީ ހާލަތްތަކުގައި އެކަނި އެ ނަންބަރު ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.