މުސްލިމުންނާ ދިމާލަށް ކާފަރެކޭ ގޮވުން މަނާކުރާ ބިލް ފާސްކުރަން 2 އަހަރު މަޖިލީހަށް ހާޒިރުނުވާ ބޭފުޅެއް (ގާސިމް އިބްރާހިމް) ގެ ވޯޓު ބޭނުން ނުވާކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިގޮތަށް ވިދާޅުވެފައި ވަނީ ނަފްރަތުގެ ބިލަށް ތާއީދު ނުކުރާކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނުމުން އެއަށް ރައްދު ދެއްވަމުންނެވެ.
ނުސީދާ ކޮށް ބޮންޑޭ ގާސިމަށް ފާޑުވިދާޅު ވި އިރު މަޖިލީހުގައި ޖޭޕީ ތަމްސީލު ކުރަން އިންނަވަނީ ގާސިމް އެކަންޏެވެ. ގާސިމު ވޯޓު ނުދެއްވިޔަސް އަދި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ 6 މެންބަރުން ވޯޓު ނުދެއްވިޔަސް ބިލްތައް ފާސް ކުރަން ބޭނުންވާ އަދަދަށް އެމްޑީޕީން އެކަނި ވޯޓު ހަމަވެއެވެ.
ނަފްރަތުގެ އަމަލު ހިންގުމުގެ ބިލަށް ގެންނަ އިސްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު ޖޭޕީން ބުނެފައި ވަނީ އެ ބިލަކީ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނަށް އެކަން ކުރުމަށް ހުޅުވައިދެވޭނެ ދޮރެއް ކަމަށެވެ.
އެ ޕާޓީން ވަނީ މާތް ﷲ އަށާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައި ހުރި ގާނުނުތަކުގައި ބުނެދީފައި އޮތް ނަމަވެސް އެއްވެސް ސަރުކާރަކުން އެފަަދަ އެއްވެސް މީހަކާމެދު ތަހުގީގެއް ހިންގައި އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ސުވާލު އުފައްދާފައެވެ.
ނަފްރަތުގެ އަމަލު ހިންގުމުގެ ބިލަށް ހުށައަލާފައިވާ އިސްލާހައް ފާޑުކިޔައި ގިނަ އިލްމުވެރިން އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން ސިފަކޮށްފައިވަނީ ހަރުކަށި ފިކުރުގެ މީހުންނަށް ވުރެ އެތައް ގުނައެއް ނުރައްކާ ބައެއްގެ ގޮތުގައެވެ.
ބަލަ ބޮންޑާ ވިސްނާފިކުރުކޮއްލަބަލަ ތިޔަވުރެން މާބާރުގަދަ ފަރާތެއްވާކަންހަދުމަނެތީތަ؟ނުވަތަ ހަމަވިސްނުމުގަތަ؟ ނުވަތަ ތިޔަގޮތައް ގަދަބަސްބުނާ ވެރިންއަދިި ތިވައްތަރުގެމެންބަރުން؟ އެއްގޮތަކަށް ވެސް ހިތަށް އަރާ ކޮންމެ ކަމެއް ކުރާނަމޭ ތިޔަވުރެން މާ ބަރުގަދަ ފަރަފާތެއްވާކަން ހިތައްނާރަނީތަ؟ ގަދަބަސްތިޔަބުނަނީ؟އަދި ތިޔަ ހީސާނު ހަމަ ބިމަށް ވެއްޓޭކަން ނުދަނެހުރުމަކީ މޮޔަކަމެން އެދުވަސް ބައްދަލުކުރާނެ މާތްﷲ މި މަޖުލީހުގެ މެންބަރުންނަން ހެޔޮވިސްނުން ދެއްވާ އީމާންކަން ވަރުގަދަކުރައްވާ މިގައުމުސަލާމަތުގެ އައްސޭރިއައްވާސިލު ކޮއްދެއްވާ
ބޮންޑޭ އެގޮތަށް ބުނެފާނެ އޭނަޔަކީ ވަކިމީހަޚަކަށް ތާއީދުކުރާމީހެށް މިބުނާމީހާއަކީ ހިސާނު ހުސޭނުގެ ބިޓެއް
މަޖިލިހަށް ހާޒިރުނުވިިއަސް މުސާރައިން އެއްރުފިޔާވެސް މަދެއްނުވެ؛ މީތޯ ރައްޔިތުންނަށް ތެދުވެރިވުމަކީީ
ތިބުނާ ބިލް ފާސްކުރިޔަސް ޢަމަލެއް ނުކުރެވޭނެ! ބޮންޑޭމެން މަހަށްދޭ! މަޖިލިސް ތިޢި ބަކަރި ކޮށި ހުރިތަން ވީމަ އުންބހަހަ ގޮވާނެ.