ކޮވިޑްޖެހިގެން ގދ. ތިނަދޫން މީހަކު މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތުދެމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ރޭ ފަތިހުގެ ވަގުތެއްގައި އެ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 88 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާ ކަމަށެވެ.

މީއީ ތިނަދޫއިން ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ފުރަތަމަ މީހާއެވެ. މި މަރާއެކު މިއަދު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 2 އަކަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު މި ވަނީ 173 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ތިނަދޫ އިން މީހަކު މަރުވެފައިވާކަން އަދި އެޗްޕީއޭއަކުން ކަޝަވަރުކޮށްދީފައެއް ނުވެއެވެ.