ކޮވިޑް ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ދަންވަރު 12:48 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 62 އަހަރުގެ ދިވެހި ފިރިހެންކު މަރުވެފައިވާ ކަމަށެވެ. މިއީ މިއަދު ކޮވިޑް ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ.

އިއްޔެ ވަނީ ރާއްޖެއިން ކޮވިޑް ޖެހިގެން 10 އަހަރުގެ ކުޑަ ކުއްޖެއްގެ އިތުރުން އެކަކު ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައެވެ. އިއްޔެ މަރުވި 10 އަހަރުގެ ކުއްޖާއަކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި އެންމެ ހަނގު ކުއްޖާއެވެ.

ކޮވިޑްގެ އަދަދުތަށް 1000 އިން ދަށްވިތާ 4 ދުވަސް ވެފައި ވާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން 407 މީހުންނާއެކު ޖުމްލަ 704 މީހުން ޕޮޒިޓިވް ވެފައި ވެއެވެ.