ރޭ ލ. ފޮނަދޫގައި ބެރިއެއް ވެއްޓި ޒަހަމްވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މިހާދިސާގައި ޒަހްމްވެފައި ވަނީ ސާދަ އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ހާދިސާ ހިނގާފައި ވަނީ ބެރިމަތީގައި އޮތް ސަތަރިގަނޑެއްގައި ފެން ހެދި ބަރުވެގެން ބެރިއަށް ބާރުބޮޑުވެގެން ބެރި ވެއްޓިގެން ކަމަށް ބެލެވެއެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނީ އެވަގުތަކީ ފުދޭވަރަކަށް ވައިގަދަ ވަގުތެއްވެސް ކަމަށެވެ.

މި ހާދިސާގެ ސަބަބުން އެކުއްޖާގެ އަތާއި ފައި ބިނދިފައި ވާކަމަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އަދި ލ. ގަން ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވައަށް ރޭ ދަންވަރު 02:30 ހާއިރު ވަނީ މާލެ ގެނެސްފައެވެ.

މި ހާދިސާގައި ޒަހަމްވެފައި ވަނީ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑު 8 ގައި ތައުލީމު ހާސިލުކުރަމުން ދާ ދަރިވަރެކެވެ.