އިންޓެނެޓުގެ އަގު ހެޔޮކުރުން މާދަމައަށް ފަސްކޮށްފިއެވެ.
މީގެ ކުރިން އިންޓަނެޓް އަގުހެޔޮ ކުރަން އިއުލާނު ކުރުމަށް ނިންމާފައިވަނީ މިއަދުއެވެ. މިއަދު އިއުލާންކުރަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، އެކަން މާދަމާ އަށް ފަސްކޮށްފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ހުށަހަޅާފައިވާ އަގުތައް:
- 5 އެމްބީޕީއެސްގެ ސްޕީޑުގައި 250 ރުފިޔާ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)
- 15 އެމްބީޕީއެސްގެ ސްޕީޑުގައި 500 ރުފިޔާ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)
- 25 އެމްބީޕީއެސްގެ ސްޕީޑުގައި 750 ރުފިޔާ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.
އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތަކެވެ.
އިންޓަނެޓު އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އަދި ވެސް އެވައުދު ފުއްދިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
30 ޖީބީ 5މިނިޓުން ހުސްވީމަ ކަމަކު ނުދޭ.