ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަން ނިންމަވާފައި ވަނީ އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގެ މެންބަރުން މަގާމާ ހަވާލުވުމާ ގުޅިގެންނެވެ.

މިރޭ 07 ޖަހާއިރު ރައީސް ގައުމާ މުހާތަބު ކުރައްވާއިރު ރާއްޖޭގެ ހުރިހާ ޗެނަލްއަކުން ލައިވް ކުރާނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.