ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ 07:00 ގައި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ނުބުންޏެވެ.

ނަމަވެސް މިއަދު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ފުލް ލިސްޓު ކަމަށް ބުނެ ލިސްޓެއް މަޖިލީހުން އާންމުކޮށްފައެވެ. އޭގެ ތެރޭގައި ކެބިނެޓުގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި، ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރާއި ސަލާމަތީ ބާރުތަކާއި މަޖިލީހުގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން ހިމެނެއެވެ.

ހަމަ އެހެންމެ މާދަމާ އަކީ ރޯދަ ނިމި އަންނަ އީދު ދުވަހެވެ.

ރައީސް ގައުމާ މުހާތަބު ކުރައްވަނީ ކޮން ސަބަބަކާ ކަން ރައީސް އޮފީހުން ހާމަ ނުކުރި އިރު، މި ދުވަސް ވަރަކީ ކޮވިޑްގެ ހާލަތުވެސް ރާއްޖެގައި އިންތިހާއަށް ގޯސްވެ ކޮންޓްރޯލުން ނައްޓާފައި އޮތް ދުވަސް ވަރެކެވެ. މިހާރުވެސް ހަވީރު 4 އިން ފަތިހު 4 އަށް އޮތީ މާލެ ސަރަހައްދުގައި ކާފިއު ހިންގާފައެވެ.